Wednesday, January 26, 2011

ރައްޔިތުމީހާ ވޯޓުލާން އަނެއް ދިވެހިރާއްޖެ ރަށަށް ދާން ފެރީ ހޯދަނީ

މިލިޔުމުގައި އެވަނީ އަޅުގަޑު ދެކޭ ގޮތެވެ. ފަހަރުގައި އަޅުގަޑަށް ނުވިސްނެނީ ކަމަށް ވެދާނެއެވެ. ތިޔަބޭފުޅުން އަޅުގަޑަށް ވިސްނާދިނިއްޔާ ވަރަށް ރަގަޅެވެ.

ކޮންމެ އިންސާނަކީ އުފަލާއި އަރާމާއި އަދި ހިތްހަމަޖެހުން ބޭނުންވާނެ މީހެކެވެ. މި އިހްސާސް ތަކުގެ ތެރެއިން އެއްބައި އެއީ ތިމާގެ މަސައްކަތާއި ގާބިލްކަމުން ހޯދާ އެއްޗެކެވެ. އަނެއްބައަކީ ތިމާގެ އަސާސީ ހައްގެކެވެ. އެއީ އެވަގުތަކު ގަވްމް ހިންގަން ހަވާލުކުރެވިފައިވާ ބައެއްގެ ޒިންމާއެކެވެ. އެބައިމީހުންނަށް ރަތްޔިތުންގެ މާލުން ބޮޑެތި މުސާރަދީ، ގަދަރުދީ އަދި ޝަރަފުދީފައިއެވަނީ ރަތްޔިތުންގެ ލާބައަށް މަސައްކަތްކޮށް ރަތްޔިތުންނަށް ހައްގުވާ ނަތީޖާ ނެރުމަށެވެ. ހަދާން ނައްތާ ނުލައްޗެވެ. އަޅުގަޑުމެން އަޅުކަން ކުރަނީ ހަމައެކަނި މާތް ﷲ އަށެވެ. އަދި އަޅުގަޑުމެން ތަބާ ވާނީ ވެސް ހަމައެކަނި މާތް ﷲ އަށެވެ. ވަކި ޕާޓީ އަކަށް ނޫނެވެ. ވަކި ކުލައަކަށް ނޫނެވެ. ވަކި ސިޔާސީ ލީޑަރަކަށް ނޫނެވެ.

މިތަނަށް ޕާޓީ ސިސްޓަމް އައުމުން ތަން ހަލާކުވެއްޖެއެވެ. ގުންޑާއެއް، މުނާފިގެއް، ކުރައްޕެއް، މީދަލެއް ވެސް ކުލައެއްގެ ދަށުން ވޯޓަކަށް ނުކުމެއްޖިއްޔާ ރައްޔިތުން ވޯޓް އެބަދެއެވެ. މިއީ ޒިންމާދާރު ވޯޓެއްތޯއެވެ. ފަހަރުގައި މަހްޝަރު ދުވަހުން މިކަމާއި ސުވާލު ނުވެވިދާނެއެވެ. ނަމަވެސް ތިއެރެނީ އަމިއްލަ ކަރަށް ފައިންނެވެ. ވީމާ އަޅުގަޑު ބުނެލަން އޮތީ މިފަހަރު ވޯޓު ދިނުމުގައި ތަންކޮޅެއް ފުންކޮށް ވިސްނާލާފާ އެކަމަށް އެންމެ ގާބިލް މީހާ އަށް ވޯޓް ދޭށެވެ. ވަކި ޕާޓީއަކަށް ވަކި ކުލައަށް ނުބަލާށެވެ.

Saturday, March 13, 2010